ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުކުޅަހު އ.ތ.މ ކޮމިޓީ އިން އިސްނަގައިގެން ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮގްރާމަށް ފަހު މަދިރި އުފެދޭ ތަންތަން ފާހަގަކޮށް އެފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް ކުރުމަށް ވެސް ވަނީ ރޭވިފައެވެ. ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ވީހާވެސް ގިނަ ބޭފުޅުން މާދަމާ (5 ޖޫން 2026) ހަވީރު 4:30 އަށް އުކުޅަހު ކޮންވެންޝަން ސެންޓަރ ސަރަހައްދަށް ވަޑައިގެންދެއްވުން އެދެމެވެ. Ukulhas WDC
ހެޔޮއެދޭ ފަރާތަކުން ވަނީ ޒަކަރިއްޔާ ހަމީދު މިސްކިތުގެ މަރާމާތަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާ ކުރައްވާފައެވެ. އަދި މިހާރު ވަނީ މި މިސްކިތަށް ބޭނުންވެފައިވާ މަރާމާތުތައް ނިންމާލެވިފައެވެ. މި ފުރުސަތުގައި މިސްކިތު މަރާމާތަށް ބޭނުންވާ ތަކެތި ހަދިޔާ ކުރެއްވި ފަރާތަށް ޝުކުރު ދަންނަވަމެވެ. Local Government Authority